ވަޒީފާގެ ފުރުޞަތު: މެނޭޖަރ، އިންޓަރނަލް އޮޑިޓް
26 މާރިޗު 2024
ނަންބަރު: 216-MPAO-HR/IUL/2024/16
މަޤާމް: މެނޭޖަރ، އިންޓަރނަލް އޮޑިޓް
ޑިޕާޓްމަންޓް: އިންޓަރނަލް އޮޑިޓް
ބޭނުންވާ ޢަދަދު: 01
ވަޒީފާގެ ބާވަތް: ވަޒީފާއަށް ފުރަތަމަ ހަމަޖެއްސޭނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. އެއް އަހަރު ހަމަވުމުން، މަސައްކަތުގެ ފެންވަރު ބަަލައި ރަނގަޅުނަމަ، ވަޒީފާ ދާއިމީ ކުރެވޭނެއެވެ. ނުވަތަ ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރެވޭނެއެވެ.
ވަޒީފާ އަދާކުރަންޖެހޭ ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީސް)
ރަސްމީ މަސައްކަތު ގަޑި: ހެނދުނު 8:00 އިން ހަވީރު 16:00 ގެ ނިޔަލަށް (އާދީއްތަ - ބުރާސްފަތި)
ތަޢުލީމީ ފެންވަރު އަދި މަސައްކަތުގެ ތަޖުރިބާ:
- އޮޑިޓިންގ، އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ދާއިރާއިން ބެޗެލަރސް ޑިގްރީއެއް ނުވަތަ އެއާ އެއްފެންވަރެއްގެ ޕްރޮފެޝަނަލް ސަނަދެއް ޙާޞިލްކޮށްފައިވުން. އަދި،
- މަތީގައި ބަޔާންކޮށްފައިވާ ރޮނގަކުން ބެޗެލަރސް ޑިގްރީ ނުވަތަ އެއާ އެއްފެންވަރުގެ ޕްރޮފެޝަނަލް ސަނަދެއް ޙާޞިލްކުރުމަށްފަހު، އޮޑިޓިންގ ނުވަތަ އެކައުންޓިންގގެ ދާއިރާއިން މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި މި 4 އަހަރުގެ ތެރެއިން 1 އަހަރު މެނޭޖީރިއަލް ލެވެލްގައި މަސައްކަތް ކޮށްފައިވުން.
މުސާރަ އާއި ޢިނާޔަތްތައް:
އަސާސީ މުސާރަ އަދި ޢިނާޔަތްތައް ހިމެނޭ ގޮތަށް ޖުމްލަ 30,000.00ރ
މަޤާމުގެ މަސްއޫލިއްޔަތުތައް:
މި މަޤާމުގެ މަސްއޫލިއްޔަތުތައް މި އިޢުލާނާއެކު ހިމަނާފައިވާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ގައި ބަޔާންކޮށްފައި ވާނެއެވެ. އަދި ޓީ.އޯ.އާރު މި އޮފީހުގެ ވެބްސައިޓް www.pension.gov.mv ގައި އިޢުލާނާއެކު ޝާއިޢުކުރެވިފައިވާނެއެވެ.
އެޕްލިކޭޝަން ހުށަހަޅާނެ ގޮތް:
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަންވާނީ މި އޮފީހުގެ ޕެންޝަން ޕޯޓަލް މެދުވެރިކޮށެވެ.
ޕެންޝަން ޕޯޓަލްގެ ލިންކު: jobs.pension.gov.mv
އެއެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ .
- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާކަން އަންގައިދޭ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
- ވަޒީފާއަށް އެދޭ ފަރާތުގެ، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ).
- ޕޮލިސް ރިޕޯޓު.
އިންޓަރވިއު އަދި އިމްތިޙާނު ބާއްވާނެ ތަނާއި މުއްދަތު:
މި މަޤާމަށް މުވައްޒަފަކު ހޮވުމަށް ބާއްވާ އިންޓަރވިއު އަދި އިމްތިޙާނު ބޭއްވޭނީ 14 އެޕްރީލް 2024 އާއި 25 އެޕްރީލް 2024 އާއި ދެމެދުގެ ރަސްމީ ބަންދުނޫން ދުވަހެއްގައެވެ.
ނޯޓް:
- އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު މި އޮފީހަށް ލިބިގެންވެއެވެ.
- އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
ސުންގަޑި:
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 7 އެޕްރީލް 2024 ވާ އާދީއްތަ ދުވަހުގެ 15:00 ގެ ކުރިން މިއޮފީހުގެ ޕެންޝަން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ.
ޑައުންލޯޑް