ވަޒީފާގެ ފުރުޞަތު: ރިސާރޗް އެނަލިސްޓް
22 ފެބްރުއަރީ 2024
ނަންބަރު: 216-MPAO-HR/IUL/2024/10
މަޤާމް: ރިސާރޗް އެނަލިސްޓް
ޑިޕާޓްމަންޓް: ޕޮލިސީ އެންޑް ޕްރޮގްރާމްސް
ބޭނުންވާ ޢަދަދު: 1
ވަޒީފާގެ ބާވަތް: ދާއިމީ
ކޮންޓްރެކްޓްގެ މުއްދަތު:
ވަޒީފާއަށް ފުރަތަމަ ހަމަޖެއްސޭނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. އެއް އަހަރު ހަމަވުމުން، މަސައްކަތުގެ ފެންވަރު ބަަލައި ރަނގަޅުނަމަ، ވަޒީފާ ދާއިމީ ކުރެވިދާނެއެވެ. ނުވަތަ ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރެވިދާނެއެވެ.
ވަޒީފާ އަދާކުރަންޖެހޭ ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީސް)
ރަސްމީ މަސައްކަތު ގަޑި: ހެނދުނު 8:00 އިން ހަވީރު 16:00 ގެ ނިޔަލަށް (އާދީއްތަ - ބުރާސްފަތި)
މަޤާމުގެ ޝަރުޠުތައް:
- ޕޮލިސީ ސްޓަޑީޒް، ޕަބްލިކް ޕޮލިސީ، ސޯޝަލް ޕޮލިސީ، ސޯޝަލް ސައިންސް، ޑޭޓާ ސައިންސް، ސްޓެޓިސްޓިކްސް، އިކޮނޮމިކްސް، ފައިނޭންސް ނުވަތަ މަސައްކަތާގުޅޭ ރޮނގަކުން ބެޗެލަރސް ޑިގްރީއެއް ނުވަތަ އެއާ އެއްފެންވަރުގެ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ) ސަނަދެއް ޙާޞިލްކުރުން.
- މަތީގައި ބަޔާންކޮށްފައިވާ ތަޢުލީމީ ސަނަދު ޙާޞިލްކުރުމަށްފަހު، މަސައްކަތާގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
މަޤާމުގެ މަސްއޫލިއްޔަތުތައް:
މި މަޤާމުގެ މަސްއޫލިއްޔަތުތައް މި އިޢުލާނާއެކު ހިމަނާފައިވާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ގައި ބަޔާންކޮށްފައި ވާނެއެވެ. އަދި ޓީ.އޯ.އާރު މި އޮފީހުގެ ވެބްސައިޓް www.pension.gov.mv ގައި އިޢުލާނާއެކު ޝާއިޢުކުރެވިފައިވާނެއެވެ.
މުސާރަ އާއި އިނާޔަތްތައް:
އަސާސީ މުސާރައާއި ޢިނާޔަތްތައް ހިމެނޭ ގޮތަށް މަހަކު ޖުމްލަ 23,500.00 ރުފިޔާގެ ޢަދަދެއް މުސާރައިގެ ގޮތުގައި ދެވޭނެއެވެ.
އެޕްލިކޭޝަން ހުށަހަޅާނެ ގޮތް:
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަންވާނީ މި އޮފީހުގެ ޕެންޝަން ޕޯޓަލް މެދުވެރިކޮށެވެ.
ޕެންޝަން ޕޯޓަލްގެ ލިންކު:jobs.pension.gov.mv
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ .
- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާކަން އަންގައިދޭ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
- ވަޒީފާއަށް އެދޭ ފަރާތުގެ، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ).
- ޕޮލިސް ރިޕޯޓު.
އިންޓަރވިއު އަދި އިމްތިޙާނު ބާއްވާނެ ތަނާއި މުއްދަތު:
މި މަޤާމަށް މުވައްޒަފަކު ހޮވުމަށް ބާއްވާ އިންޓަރވިއު އަދި އިމްތިޙާނު ބޭއްވޭނީ 5 މާރިޗު 2024 އާއި 18 މާރިޗު 2024 އާ ދެމެދުގެ ރަސްމީ ބަންދުނޫން ދުވަހެއްގައެވެ.
ނޯޓް:
- އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު މި އޮފީހަށް ލިބިގެންވެއެވެ.
- އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
ސުންގަޑި:
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 4 މާރިޗު 2024 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން މިއޮފީހުގެ ޕެންޝަން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ.
ޑައުންލޯޑް