ވަޒީފާގެ ފުރުޞަތު: އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)
5 ފެބްރުއަރީ 2024
ނަންބަރު: 216-MPAO-HR/IUL/2024/8
މަޤާމް: އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)
ޑިޕާޓްމަންޓް: ޖެނެރަލް ސަރވިސަސް
ބޭނުންވާ ޢަދަދު: 2
ވަޒީފާގެ ބާވަތް: ވަގުތީ
ކޮންޓްރެކްޓްގެ މުއްދަތު: 6 މަސް ދުވަސް (ޕެންޝަން އޮފީހުގެ ބޭނުންތަކަށް ރިޢާޔަތްކޮށް، ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރެވިދާނެއެވެ.)
ވަޒީފާ އަދާކުރަންޖެހޭ ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީސް)
ރަސްމީ މަސައްކަތު ގަޑި: ހެނދުނު 8:00 އިން ހަވީރު 16:00 އަށް (އާދީއްތަ - ބުރާސްފަތި)
މަޤާމުގެ ޝަރުޠު:
- ޖީ.ސީ.އީ އޯލެވެލް ފުރިހަމަކޮށްފައިވުން.
މުސާރަ އާއި ޢިނާޔަތްތައް:
މުސާރައިގެ ގޮތުގައި މަހަކު ޖުމްލަ 7,700.00 ރުފިޔާގެ ޢަދަދެއް ދެވޭނެއެވެ.
މަޤާމުގެ މަސްއޫލިއްޔަތުތައް:
މި މަޤާމުގެ މަސްއޫލިއްޔަތުތައް މި އިޢުލާނާއެކު ހިމަނާފައިވާ ޓަރމްސް އޮފް ރެފަރެންސް (ޓ.ީއ.ޯއާރު) ގައި ބަޔާންކޮށްފައި ވާނެއެވެ. އަދި ޓީ.އޯ.އާރު މި އޮފީހުގެ ވެބްސައިޓް www.pension.gov.mv ގައި އިޢުލާނާއެކު ޝާއިޢުކުރެވިފައިވާނެއެވެ.
އެޕްލިކޭޝަން ހުށަހަޅާނެ ގޮތް:
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަންވާނީ މި އޮފީހުގެ ޕެންޝަން ޕޯޓަލް މެދުވެރިކޮށެވެ.
ޕެންޝަން ޕޯޓަލްގެ ލިންކު: jobs.pension.gov.mv
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
- ތަޢުލީމީ ސަނަދުތަކުގެ ކޮޕީ .
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
- ވަޒީފާއަށް އެދޭ ފަރާތުގެ، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ).
- ޕޮލިސް ރިޕޯޓު (4 މަސް ނުވާ).
އިންޓަރވިއު ބާއްވާނެ ތަނާއި މުއްދަތު:
މި މަޤާމަށް މުވައްޒަފަކު ހޮވުމަށް ބާއްވާ އިންޓަރވިއު ބޭއްވޭނީ 14 ފެބުރުވަރީ 2024 އާއި 28 ފެބުރުވަރީ 2024 އާ ދެމެދުގެ ރަސްމީ ބަންދުނޫން ދުވަހެއްގައެވެ.
ނޯޓް:
- އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު މި އޮފީހަށް ލިބިގެންވެއެވެ.
- އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
ސުންގަޑި:
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 13 ފެބުރުވަރީ 2024 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން މިއޮފީހުގެ ޕެންޝަން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ.
ޑައުންލޯޑް