ވަޒީފާގެ ފުރުޞަތު: ލީގަލް އޮފިސަރ

18 ޑިސެމްބަރު 2023

ނަންބަރު: ‎216-MPAO-HR/IUL/2023/68

މަޤާމް: ލީގަލް އޮފިސަރ

ޑިޕާޓްމަންޓް: ލީގަލް އެފެއަރޒް

ބޭނުންވާ ޢަދަދު: 1

ވަޒީފާގެ ބާވަތް: ދާއިމީ

ކޮންޓްރެކްޓްގެ މުއްދަތު:

ވަޒީފާއަށް ފުރަތަމަ ހަމަޖެއްސޭނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. އެއް އަހަރު ހަމަވުމުން، މަސައްކަތުގެ ފެންވަރު  ބަަލައި ރަނގަޅުނަމަ، ވަޒީފާ ދާއިމީ ކުރެވިދާނެއެވެ. ނުވަތަ ކޮންޓްރެކްޓްގެ މުއްދަތު އިތުރު  ކުރެވިދާނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީސް)

ރަސްމީ މަސައްކަތު ގަޑި: ހެނދުނު 8:00 އިން ހަވީރު 16:00 އަށް (އާދީއްތަ - ބުރާސްފަތި)


މަޤާމުގެ ޝަރުޠުތައް:

  • ޤާނޫނީ ދާއިރާއިން ނުވަތަ ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ބެޗެލަރސް ޑިގްރީއެއް ޙާޞިލުކޮށްފައިވުން. އަދި ;
  • ޤާނޫނީ ވަކީލުކަމުގެ ހުއްދަ ލިބުމަށްފަހު، ޤާނޫނީ ދާއިރާއިން މަދުވެގެން 2 (ދޭއް) އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް:

މި  މަޤާމުގެ މަސްއޫލިއްޔަތުތައް މި އިޢުލާނާއެކު ހިމަނާފައިވާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ގައި ބަޔާންކޮށްފައި ވާނެއެވެ. އަދި ޓީ.އޯ.އާރު މި އޮފީހުގެ ވެބްސައިޓް www.pension.gov.mv ގައި އިޢުލާނާއެކު ޝާއިޢުކުރެވިފައިވާނެއެވެ.

މުސާރަ އާއި އިނާޔަތްތައް:

ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ރިޢާޔަތްކޮށް، އަސާސީ މުސާރައާއި ޢިނާޔަތްތައް ހިމެނޭ ގޮތަށް މަހަކު ޖުމްލަ 27,000.00ރ - 29,000.00ރ އާ ދެމެދުގެ ޢަދަދެއް މުސާރައިގެ ގޮތުގައި ދެވޭނެއެވެ.


އެޕްލިކޭޝަން ހުށަހަޅާނެ ގޮތް:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަންވާނީ މި އޮފީހުގެ ޕެންޝަން ޕޯޓަލް މެދުވެރިކޮށެވެ.

ޕެންޝަން ޕޯޓަލްގެ ލިންކު:jobs.pension.gov.mv


އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ .
  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާކަން އަންގައިދޭ ލިޔުންތައް. 
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ވަޒީފާއަށް އެދޭ ފަރާތުގެ، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ  (ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ).
  • ޕޮލިސް ރިޕޯޓު.


އިންޓަރވިއު އަދި އިމްތިޙާނު ބާއްވާނެ ތަނާއި މުއްދަތު:

މި މަޤާމަށް މުވައްޒަފަކު ހޮވުމަށް ބާއްވާ އިންޓަރވިއު އަދި އިމްތިޙާނު ބޭއްވޭނީ  2 ޖަނަވަރީ 2024 އާއި 15 ޖަނަވަރީ 2024  އާ ދެމެދުގެ ރަސްމީ ބަންދުނޫން ދުވަހެއްގައެވެ. 

ނޯޓް:

  • އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު މި އޮފީހަށް ލިބިގެންވެއެވެ.
  • އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 28 ޑިސެންބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މިއޮފީހުގެ ޕެންޝަން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ.


ޑައުންލޯޑް

ޓީ.އޯ.އާރު