ވަޒީފާގެ ފުރުޞަތު: މެނޭޖަރ، ޕެންޝަން ކަވަރޭޖް އެކްސްޓެންޝަން
6 ނޮވެމްބަރު 2023
ނަންބަރު: 216-MPAO-HR/IUL/2023/59
މަޤާމް: މެނޭޖަރ، ޕެންޝަން ކަވަރޭޖް އެކްސްޓެންޝަން
ޑިޕާޓްމަންޓް: ޕެންޝަން ކަވަރޭޖް އެކްސްޓެންޝަން
ބޭނުންވާ ޢަދަދު: 1
ވަޒީފާގެ ބާވަތް: ވަޒީފާއަށް ފުރަތަމަ ހަމަޖެއްސޭނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. އެއް އަހަރު ހަމަވުމުން، މަސައްކަތުގެ ފެންވަރު ބަަލައި ރަނގަޅުނަމަ، ވަޒީފާ ދާއިމީ ކުރެވިދާނެއެވެ. ނުވަތަ ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރެވިދާނެއެވެ.
ވަޒީފާ އަދާކުރަންޖެހޭ ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީސް)
ރަސްމީ މަސައްކަތު ގަޑި: ހެނދުނު 8:00 އިން ހަވީރު 16:00 ގެ ނިޔަލަށް (އާދީއްތަ - ބުރާސްފަތި)
މަޤާމުގެ ޝަރުޠުތައް:
- ޕަބްލިކް ޕޮލިސީ، އިކޮނޮމިކްސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ މަސައްކަތާ ގުޅޭ ރޮނގަކުން މާސްޓަރސް ޑިގްރީއެއް ނުވަތަ އެއާ އެއްފެންވަރުގެ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ) ޕްރޮފެޝަނަލް ސަނަދެއް ޙާޞިލްކޮށްފައިވުން. އަދި،
- މަތީގައި ބަޔާންކޮށްފައިވާ ރޮނގަކުން މާސްޓަރސް ޑިގްރީއެއް ޙާޞިލްކުރުމަށްފަހު، މަސައްކަތާގުޅޭ ދާއިރާއަކުން މެނޭޖީރިއަލް ލެވެލްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
- ޕަބްލިކް ޕޮލިސީ، އިކޮނޮމިކްސް، ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ މަސައްކަތާ ގުޅޭ ރޮނގަކުން ބެލެލަރސް ޑިގްރީއެއް ނުވަތަ އެއާ އެއްފެންވަރުގެ (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ) ޕްރޮފެޝަނަލް ސަނަދެއް ޙާޞިލްކޮށްފައިވުން. އަދި،
- މަތީގައި ބަޔާންކޮށްފައިވާ ރޮނގަކުން ބެޗެލަރސް ޑިގްރީއެއް ޙާޞިލްކުރުމަށްފަހު، މަސައްކަތާގުޅޭ ދާއިރާއަކުން މެނޭޖީރިއަލް ލެވެލްގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
މަޤާމުގެ މަސްއޫލިއްޔަތުތައް:
މި މަޤާމުގެ މަސްއޫލިއްޔަތުތައް މި އިޢުލާނާއެކު ހިމަނާފައިވާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ގައި ބަޔާންކޮށްފައި ވާނެއެވެ. އަދި ޓީ.އޯ.އާރު މި އޮފީހުގެ ވެބްސައިޓް www.pension.gov.mv ގައި އިޢުލާނާއެކު ޝާއިޢުކުރެވިފައިވާނެއެވެ.
މުސާރަ އާއި ޢިނާޔަތްތައް:
- އަސާސީ މުސާރަ އަދި ޢިނާޔަތްތައް ހިމެނޭ ގޮތަށް ޖުމްލަ 30,000.00ރ - 34،000.00ރ
އެޕްލިކޭޝަން ހުށަހަޅާނެ ގޮތް:
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަންވާނީ މި އޮފީހުގެ ޕެންޝަން ޕޯޓަލް މެދުވެރިކޮށެވެ.
ޕެންޝަން ޕޯޓަލްގެ ލިންކު: jobs.pension.gov.mv
އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
- މަޤާމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ސިޓީ (ކަވަރ ލެޓަރ)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
- ވަޒީފާއަށް އެދޭ ފަރާތުގެ، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ)
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާކަން އަންގައިދޭ ލިޔުންތައް
- ޕޮލިސް ރިޕޯޓް (04 މަސް ނުވާ)
އިންޓަރވިއު އަދި އިމްތިޙާނު ބާއްވާނެ ތަނާއި މުއްދަތު:
މި މަޤާމަށް މުވައްޒަފަކު ހޮވުމަށް ބާއްވާ އިންޓަރވިއު އަދި އިމްތިޙާނު ބޭއްވޭނީ 19 ނޮވެންބަރު 2023 އާއި 30 ނޮވެންބަރު 2023 އާ ދެމެދު ރަސްމީ ބަންދުނޫން ދުވަހެއްގައެވެ.
ނޯޓް:
- އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު މި އޮފީހަށް ލިބިގެންވެއެވެ.
- އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
ސުންގަޑި:
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 16 ނޮވެންބަރު 2023 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މިއޮފީހުގެ ޕެންޝަން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ.
ޑައުންލޯޑް: