ގްރެޖުއޭޓް ޓްރެއިނީސްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު
13 ޖޫން 2023
ނަންބަރު:216-MPAO-HR/IUL/2023/32
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގައި ގްރެޖުއޭޓް ޓްރެއިނީސްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މަޤާމް: ގްރެޖުއޭޓް ޓްރެއިނީ (އާރޓިފިޝަލް އިންޓެލިޖެންސް)
ޑިވިޜަން: އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ ޑިވިޜަން
ބޭނުންވާ ޢަދަދު: 01
ވަޒީފާގެ ބާވަތް: ވަގުތީ (ވަޒީފާއަށް ހަމަޖެއްސޭނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ.)
މަޤާމް: ގްރެޖުއޭޓް ޓްރެއިނީ (އެކްޗޫރިއަލް ސައިންސް)
ޑިވިޜަން: އިންވެސްޓްމަންޓް އެންޑް ރިސަރޗް ޑިވިޜަން
ބޭނުންވާ ޢަދަދު: 01
ވަޒީފާގެ ބާވަތް: ވަގުތީ (ވަޒީފާއަށް ހަމަޖެއްސޭނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ.)
މަސައްކަތް ކުރަންޖެހޭ ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ރަސްމީ މަސައްކަތު ގަޑި: ހެނދުނު 8:00 އިން ހަވީރު 16:00 ގެ ނިޔަލަށް (އާދީއްތަ - ބުރާސްފަތި)
މަޤާމުތަކުގެ ޝަރުޠުތަކާއި މަސްއޫލިއްޔަތުތައް:
މި މަޤާމުތަކުގެ ޝަރުޠުތަކާއި މަސްއޫލިއްޔަތުތައް މި އިޢުލާނާއެކު ހިމަނާފައިވާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ތަކުގައި ބަޔާންކޮށްފައި ވާނެއެވެ. އަދި ޓީ.އޯ.އާރުތައް މި އޮފީހުގެ ވެބްސައިޓް www.pension.gov.mv ގައި އިޢުލާނާއެކު ޝާއިޢުކުރެވިފައިވާނެއެވެ.
އެޕްލިކޭޝަން ހުށަހަޅާނެ ގޮތް:
މި މަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަންވާނީ މި އޮފީހުގެ ޕެންޝަން ޕޯޓަލް މެދުވެރިކޮށެވެ.
ޕެންޝަން ޕޯޓަލްގެ ލިންކު: jobs.pension.gov.mv
ވީމާ، މި އޮފީހުގައި ގްރެޖުއޭޓް ޓްރެއިނީސްގެ ގޮތުގައި މަސައްކަތްކުރެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު ހުށަހެޅުން އެދެމެވެ.
- ސިޓީ (ކަވަރ ލެޓަރ).
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ .
- ވަޒީފާއަށް އެދޭ ފަރާތުގެ، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ).
- ޕޮލިސް ރިޕޯޓު.
އިންޓަރވިއު އަދި އިމްތިޙާނު ބާއްވާނެ ތަނާއި މުއްދަތު:
މި މަޤާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު އަދި އިމްތިޙާނު ބޭއްވޭނީ 2 ޖުލައި 2023 އާއި 13 ޖުލައި 2023 އާ ދެމެދުގެ ރަސްމީ ބަންދުނޫން ދުވަހެއްގައެވެ.
ނޯޓް:
- އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަން ބާޠިލް ކުރުމުގެ އިޚްތިޔާރު މި އޮފީހަށް ލިބިގެންވެއެވެ.
- އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
ސުންގަޑި:
މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 22 ޖޫން 2023 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މިއޮފީހުގެ ޕެންޝަން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ.
ޑައުންލޯޑް:
ޓީ.އޯ.އާރު: ގްރެޖުއޭޓް ޓްރެއިނީ (އާރޓިފިޝަލް އިންޓެލިޖެންސް)
ޓީ.އޯ.އާރު: ގްރެޖުއޭޓް ޓްރެއިނީ (އެކްޗޫރިއަލް ސައިންސް)