އިވެންޓެއްގެ ދަތުރުތައް ކޮށްދިނުމާ ބެހޭ

14 މޭ 2023

ނަންބަރު: ‎216-MPAO-GS/IUL/2023/18

އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު

މިއޮފީހުން އިންތިޒާމް ކޮށްގެން ބާއްވާ އިވެންޓަކަށް ބޭނުންވާ ލާންޗު ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް 20 އޭޕްރީލް 2023 ވަނަ ދުވަހު ކުރެވުނު

ނަންބަރު ‎216-MPAO-GS/IUL/2023/12 އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިއޮފީހަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ. 

އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ޙާޟިރުވާ ފަރާތްތަކަށެވެ. އަދި މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު  ދެވޭނީ ކަނޑައެޅިފައިވާ ގަޑިއަށް ހާޟިރުވާ ފަރާތްތަކަށެވެ.


މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:

ތާރީޚު: 17 މޭ 2023 ވަނަ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެލައިޑް ބިލްޑިންގ، 8 ވަނަ ފަންގިފިލާ، ޗާނދަނީ މަގު، މާލެ) 


އަންދާސީ ހިސާބު ބަލައިގަތުން:

ތާރީޚު: 22 މޭ 2023 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި

ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެލައިޑް ބިލްޑިންގ، 8 ވަނަ ފަންގިފިލާ، ޗާނދަނީ މަގު، މާލެ) 

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް [email protected] އަށް އީމެއިލްކުރުން އެދެމެވެ.