ފަރުޟު ޙައްޖުވުމަށް މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވާއިދުގެ ދަށުން ޙައްޖަށް ގެންދިއުމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއެކު އެއްބަސްވުން ޤާއިމު ކުރުމާއި ބެހޭ

8 މޭ 2023

ފަރުޟު ޙައްޖުވުމަށް މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވާއިދު ގަވާއިދު ނަންބަރު: ‎‎‏(‎2019/R-1032) ގެ ދަށުން، 1444 ވަނަ އަހަރު މީހުން ޙައްޖަށް ގެންދިއުމުގެ ޚިދުމަތް ދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. މިގަވާއިދުގެ ދަށުން ޙައްޖަށް ގެންދިއުމުގެ ޚިދުމަތް ފޯރުކޮށްދެވޭނީ ޕެންޝަން އޮފީހާއިއެކު އެއްބަސްވުން ޤާއިމްކޮށްފައިވާ ޙައްޖަށް ގެންދިއުމުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށެވެ.


ވީމާ، މިނިސްޓްރީ އޮފް  އިސްލާމިކް އެފެއާޒްގެ  ނަންބަރު: ‏2023/102/ IUL) 142 -C2/142) ، (އި20 އޭޕްރީލް 2022) އިޢުލާނުގެ ދަށުން 1444 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދެއްވާފައިވާ ފަރާތްތަކުގެ ތެރެއިން، ފަރުޟު ޙައްޖުވުމަށް މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން ފައިސާ ދޫކުރުމާބެހޭ ގަވާއިދުގެ 09 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ އެއްބަސްވުން ޤާއިމުކޮށް ޚިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކުން 2023 މޭ 14 ވަނަ ދުވަހުގެ 14:00 ގެ ކުރިން  ސިޓީ ނުވަތަ އީމެއިލް  [email protected] މެދުވެރިކޮށް  މިއޮފީހަށް އެކަން  އެންގެވުން އެދެމެވެ.