އިންޓީރިއަރ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ބެހޭ
30 މާރިޗު 2023
މިއޮފީހުގެ ބޯޑްރޫމްގެ އިންޓީރިއަރ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު 216-MPAO-CA/IUL/2023/6 އާ ޙަވާލާދީ ދަންނަވަމެވެ. 216-MPAO-CA/IUL/2023/6 ނަންބަރު އިޢުލާނުގައި ޙިއްސާކޮށްފައިވާ މަސައްކަތުގެ ސްކޯޕަށް ބަދަލުގެނައުމަށް ބޭނުންވާތީވެ، މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:
ތާރީޚު: 04 އޭޕްރީލް 2023 ވާ އަންގާރަ ދުވަހުގެ 11:00 ގައި
ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެލައިޑް ބިލްޑިން، 8 ވަނަ ފަންގިފިލާ، ޗާނދަނީ މަގު، މާލެ)
އަންދާސީ ހިސާބު ބަލައިގަތުން:
ތާރީޚު: 10 އޭޕްރީލް 2023 ވާ ހޯމަ ދުވަހުގެ 11:00 ގައި
ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެލައިޑް ބިލްޑިން، 8 ވަނަ ފަންގިފިލާ، ޗާނދަނީ މަގު، މާލެ)
އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޟިރުވާ ފަރާތްތަކަށެވެ. އަދި މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ކަނޑައެޅިފައިވާ ގަޑިއަށް ހާޟިރުވާ ފަރާތްތަކަށެވެ.
މި އިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް މި އޮފީހުގެ ނަންބަރު 1441 އަށް ގުޅުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލްކުރުން އެދެމެވެ.