ވަޒީފާގެ ފުރުސަތު: ގްރެޖުއޭޓް ޓްރޭނީ (އެކްޗޫރިއަލް ސައިންސް)
9 ޖެނުއަރީ 2022
ގްރެޖުއޭޓް ޓްރޭނީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލުން
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގައި (ޕެންޝަން އޮފީސް) ގްރެޖުއޭޓް ޓްރެއިނީ އެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު ހުޅުވާލަމެވެ.
ދާއިރާ: އެކްޗޫރިއަލް ސައިންސް
ޑިވިޝަން: އިންވެސްޓްމަންޓް އެންޑް ފައިނެންޝިއަލް މެނޭޖްމަންޓް ޑިވިޝަން
މުއްދަތު: 01 އަހަރު
ވީމާ، ގްރެޖުއޭޓް ޓްރޭނީއެއްގެ ގޮތުގައި މަސައްކަތްކުރެއްވުމަށް ޝައުގުވެރިވެވަޑައިގަންވާ ފަރާތްތަކުން ތިރީގައިވާ މިވާ މަޢުލޫމާތު ހުށަހެޅުއްވުން އެދެމެވެ.
- ސިޓީ (ކަވަރ ލެޓަރ) ނުވަތަ އީމެއިލް
- ވަނަވަރު (ސީވީ)
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ޓްރާންސްކްރިޕްޓް ހިމެނޭގޮތަށް)
- ޕޮލިސް ރިޕޯޓް (މުއްދަތު ހަމަނުވާ)
އަދި، މިދާއިރާތަކުގެ މަޢުލޫމާތު ބަޔާންކޮށްފައިވާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) މި އޮފީހުގެ ވެބްސައިޓް www.pension.gov.mv ގައި އިޢުލާނާއިއެކު ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
ސުންގަޑި:
މި ފުރުސަތަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ކުރެއްވުމަށް ފަހު 18 ޖަނަވަރީ 2022 އަންގާރަ ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
އެލައިޑް ބިލްޑިންގ (08 ވަނަ ފަންގިފިލާ)، ޗާނދަނީ މަގު
ފޯން: 1441
އިލެކްޓްރޯނިކް ވަސީލަތް މެދުވެރިކޮށް ހުށަހަޅާނަމަ، މަޤާމަށް އެދި ހުށަހަޅާ ލިޔުންތައް ފޮނުވާނީ [email protected] އީމެއިލް އެޑްރެހަށެވެ.