2022 ވަނަ އަހަރުގެ ކަލަންޑަރު ޑިސްޓްރިބިއުޓް ކޮށްދެއްވާނެ ފަރާތެއް ހޯދުމާބެހޭ
16 ޑިސެމްބަރު 2021
ޕެންޝަން އޮފީހުގެ 2022 ވަނަ އހަަރުގެ ކަލަންޑަރު ޑިސްޓްރިބިއުޓް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: 216MPAO-CA/IUL/2021/42 އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމާއި އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވޭނީ ކަނޑައެޅިފައިވާ ގަޑިއަށް ހާޟިރުވާ ފަރާތްތަކަށެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ކުންފުނި، ޕާޓްނަރޝިޕް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ރެޖިސްޓްރޭޝަން ކޮޕީ ހުށަހަޅުއްވަންވާނެއެވެ. އަދި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތަކީ ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނާ އެއްގޮތަށް ޢަމަލުކުރާ ފަރާތެއްކަމުގައިވެސް ވާންވާނެއެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:
ތާރީޚު: 19 ޑިސެންބަރު 2021ވާ އާދީއްތަ ދުވަހުގެ 10:00ގައި
ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެލައިޑް ބިލްޑިންގ، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު)
އަންދާސީ ހިސާބު ބަލައިގަތުން:
ތާރީޚު:22 ޑިސެންބަރު 2021ވާ ބުދަ ދުވަހުގެ 10:00ގައި
ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެލައިޑް ބިލްޑިންގ، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު)
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.