2022 ވަނަ އަހަރުގެ ކަލަންޑަރު ޕްރިންޓް ކޮށްދޭނެ ފަރާތެއް ހޯދުމާ ބެހޭ
17 އޮކްޓޯބަރު 2021
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ 2022 ވަނަ އަހަރުގެ ކަލަންޑަރު ޕްރިންޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު:216MPAO-CA/IUL/2021/26 އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ މިކަމަށް ޝައުގުވެރިވެވަޑައިގަންނަވާ ފަރާތްތަކުން މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބުހުށަހެޅުއްވުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް އެފުރުޞަތު ދެވެން ނޯންނާނެ ވާހަކަވެސް ދެންނެވީމެވެ.
މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުން:
ތާރީޚު: 21 އޮކްޓޫބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި
ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެލައިޑް ބިލްޑިންގ، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު)
އަންދާސީ ހިސާބު ބަލައިގަތުން:
ތާރީޚު: 25 އޮކްޓޫބަރު 2021 ވާ ހޯމަ ދުވަހުގެ 10:00 ގައި
ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (އެލައިޑް ބިލްޑިންގ، 8 ވަނަ ފަންގިފިލާ، ޗާންދަނީ މަގު)
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.