ދައުލަތުގެ އޮފީސްތަކުން މުދާ ބޭނުންވޭތޯ ބެލުން
9 ނޮވެމްބަރު 2020
ނަންބަރު: 216MPAO-CA/IUL/2020/24
ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުން ކުރެވެންނެތް ދައުލަތުގެ މުދާ، ނީލަން ކިޔުމާއި ނައްތައިލުމުގެ ޢަމަލު ކުރާނެ ޢުސޫލުގެ ދަށުން މިއިދާރާގައި ހުރި ބައެއް ތަކެތި ނީލަންކިޔަން ނުވަތަ ނައްތާލުމަށް ހަމަޖެހިފައިވާތީ، އެ ތަކެތި ދައުލަތުގެ އެއްވެސް އޮފީހަކުން ބޭނުންވޭތޯ ބެލުމަށް ބޭނުންވެއެވެ.
ވީމާ، މިއިއުލާނާއެކު އެއްކަރުދާސްކުރެވިފައިވާ ލިސްޓްގައިވާ ތަކެތި ބޭނުންފުޅުވާ ދައުލަތުގެ އޮފީސްތަކުން 19 ނޮވެމްބަރު 2020 ވާ ބުރާސްފަތި ދުވަހުގެ 13:00 ކުރިން މިއޮފީހަށް ލިޔުމަކުން އަންގަވައިދެއްވުން އެދެމެވެ.
މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ.