"ހެޑް، އިންވަސްޓްމަންޓް އެންޑް އެޑްވައިޒަރީ ސަރވިސަސް" ގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލުން

23 ސެޕްޓެމްބަރު 2020

ޖޮބް އެޕްލިކޭޝަން ފޯމު

ޓަރމްސް އޮފް ރިފަރެންސް

ނަންބަރު: 216MPAO-CA/IUL/2020/17

މި އޮފީހުގެ "ހެޑް އިންވެސްޓްމަންޓ އެންޑް އެޑްވައިޒަރީ ސަރވިސަސް" ގެ މަޤާމަށް މީހަކު ހޯދުމަށް ކުރެވުނު ނަންބަރު 216MPAO-CA/IUL/2020/12

(07 ސެޕްޓެމްބަރ 2020) އިޢުލާނާ ގުޅިގެން، އެމަޤާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން، މަޤާމުގެ އަސާސީ ޝަތުރުހަމަވާ ފަރާތްތަކުގެ އަދަދު މަދުވުމުން، އެ އިޢުލާން ބާތިލްކޮށް، މި މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލާވާހަކަ ދަންނަވަމެވެ.

 މަޤާމް: ހެޑް، އިންވަސްޓްމަންޓް  އެންޑް އެޑްވައިޒަރީ  ސަރވިސަސް

ޑިޕާޓްމަންޓް: އިންވަސްޓްމަންޓް  އެންޑް އެޑްވައިޒަރީ  ސަރވިސަސް

 ބޭނުންވާ ޢަދަދު: 01

ވަޒީފާގެ ބާވަތް: ދާއިމީ  ( 01  އަހަރުގެ  ކޮންޓްރެކްޓް، 3 މަހުގެ ޕްރޮބޭޝަން އާއެކު، 1 އަހަރު ހަމަވުމުން މަސައްކަތުގެ ފެންވަރަށް ބަަލައި ރަގަޅުނަމަ ވަޒިފާ ދާއިމީ ކުރެވޭނެއެވެ. ) 

ވާޒީފާ އަދާކުރަންޖެހޭ ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީސް)

ރަސްމީ މަސައްކަތު ގަޑި: ހެނދުނު 8:00 އިން ހަވީރު 16:00 ގެ ނިޔަލަށް (އާދީއްތަ - ބުރާސްފަތި)


ތަޢުލީމީ ފެންވަރު ނުވަތަ ޝަރުތު:

1.އިކޮނޮމިކްސް، ފައިނޭންސް ނުވަތަ އިންވެސްޓްމަންޓް ދާއިރާއިން ބެޗިލާސް ޑިގްރީއެއް (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7) ހާޞިލްކޮށްފައިވުން ނުވަތަ އެއާ އެއްފެންވަރެއްގެ ޕްރޮފެޝަނަލް ސެޓިފިކޭޝަނެއް ހާޞިލްކޮށްފައިވުން. ޕްރޮފެޝަނަލް ސެޓިފިކޭޝަނެއްގެ ގޮތުގައި ބެލެވޭނެ ދާއިރާ ތަކަކީ:

  •  ޗާޓަރޑް ފައިނެންޝިއަލް އެނަލިސްޓް (ސީ.އެފް.އޭ)
  • ފައިނެންޝިއަލް ރިސްކް މެނޭޖަރ (އެފް.އާރް.އެމް)

2.މަސައްކަތާ ގުޅޭ ދާއިރާއަކުން ޕޯސްޓް ގްރެޖްއޭޓަށް ފަހު މަދުވެގެން 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.


މުސާރަ އާއި އިނާޔަތްތައް:

  • އަސާސީ މުސާރަ: 24،970.00ރ
  • ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު ގިނަވެގެން 4،500.00ރ ދެވޭނެއެވެ.
  • މޭނޭޖިރިއަލް އެލަވަންސް މަހަކު ގިނަވެގެން 4،000.00ރ ދެވޭނެއެވެ.


މަޤާމުގެ މަސްއޫލިއްޔަތުތައް:

މިމަޤާމުގެ މަސްޢޫލިއްޔަތު ތަކުގެ މަޢުލޫމާތު ބަޔާންކޮށްފައިވާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) މި އޮފީހުގެ ވެބްސައިޓް  www.Pension.gov.mv ގައި އިޢުލާނާއިއެކު ޑައުންލޯޑްކުރެވެން ހުންނާނެއެވެ. 


މިމަގާމަށް ޝައުގުވެރިވެ ވަޑައިގަންވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއެކު ތިރީގައިވާ މިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ. 

  • މަޤާމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ސިޓީ (ކަވަރ ލެޓަރ) ނުވަތަ އީމެއިލް
  • ފުރިހަމަ ކުރެވިފައިވާ މި އޮފީހުގެ "ޖޮބް އެޕްލިކޭޝަން ފޯމް" (ފޯމު މިއޮފީހުގެ ވެބްސައިޓް www.pension.gov.mv ގައިވާ އިޢުލާނާއިއެކު ހިމަނާފައި)
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ) 
  • ވަޒީފާއަށް އެދޭ ފަރާތުގެ، މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ)  ކޮޕީ 
  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ  (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިވާ) 
  • ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް
  • ޕޮލިސް ރިޕޯޓް (04 މަސް ނުވާ)
  • ސޮއި ކުރެވިފައިވާ މި އޮފީހުގެ "ޖޮބް އެޕްލިކޭޝަން ފޯމް" ގައިވާ ޗެކްލިސްޓް 


ނޯޓް:

  • އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.
  • މިމަޤާމަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ކިޔޭނީ މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
  • މި މަޤާމުގެ ތަޖުރިބާގެ ގޮތުގައި ކަނޑައެޅިފައިވާ 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ބެލޭނީ، ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުންތަކަކުންނެވެ.


ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • މިމަޤާމަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންވެސްޓްމަންޓް މެނޭޖްމަންޓް ނުވަތަ މެކްރޯއިކޮނޮމިކް ރިސާޗް ދާއިރާއިން މަސައްކަތުގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. 


އިންޓަރވިއު އާއި އިމްތިޙާނު ބާއްވާނެ ތަނާއި މުއްދަތު

މި މަޤާމަށް މުވައްޒަފު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި އިމްތިޙާނު 07 އޮކްޓޯބަރ 2020 އިން 20 އޮކްޓޯބަރ 2020 އާއި ދެމެދު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަރވިއު ކުރުމާއި އިމްތިޙާނު އޮންނާނީ، މި އިދާރާއިން ކަނޑައަޅާ މެމްބަރުން (މަދުވެގެން 03 މެމްބަރުން) ގެ މައްޗަށް އެކުލެވޭ ޕެނަލްއަކުންނެވެ. 


ސުންގަޑި: 

މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 01 އޮކްޓޯބަރ 2020 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަން ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއިއެކު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

އެލައިޑް ބިލްޑިންގ (08 ވަނަ ފަންގިފިލާ)، ޗާނދަނީ މަގު

ފޯން:  1441 

އިލެކްޓްރޯނިކް ވަސީލަތް މެދުވެރިކޮށް ހުށަހަޅާނަމަ، މަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަން (އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެއްޗާއިއެކު) ފޮނުވާނީ [email protected] އީމެއިލް އެޑްރެހަށެވެ.)